ޚަބަރު

އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައި ވާކަމުގައި އެޗްޕީއޭއިން ވިދާޅުވެއްޖެ


އިތުރު މީހަކު އަނެއްކާވެސް ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ ކަމުގައި އެޗްޕީއޭިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހިމަބިއްސަށް ޕޮޒިޓިވް ވެފައި ވަނީ މިއަދު ސްކްރީން ކުރި 10 މީހުންގެ ތެރެއިން އެކަކު ކަމަށެވެ.

އެޗްޕީއޭގެ ޓްވީޓް..

އެ މީހާ އާއިއެކު މިހާތަނަށް 3 މީހުންވަނީ ހިމަބިއްސައް ޕޮސިޓިވްވެފައެވެ. އަދި މި ފަރާތްތަކަށް އެޗްޕީއޭގެ ޚާއްސަ ބެލުމުގެދަށުންދަނީ ފަރުވާދެމުންނެވެ. ރާއްޖޭއިން ނައްތާލާފައިވާ ހިމަބިހީގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ބަލި ފުރަތަމަ ފެނިފައިވަނީ 3 އަހަރުގެ ކުއްޖެއްގެ ގައިންނެވެ. އަދި އިއްޔެވަނީ 30 އަހަރުގެ ފިރިހެނެއްވެސް ހިމަބިއްސައް ޕޮސިޓިވްވެފައެވެ.

އެޗްޕީއޭއިން ވިދާޅުވެފައި ވަނީ ޕޮސިޓިވްވި ފަރާތްތަކުގެ ތެރޭގައި ހިމެނޭ 3 އަހަރުގެ ކުޑަ ކުއްޖާއަކީ ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނުވާ ކުއްޖެއްކަމަށެވެ.

އަދި އަތޮޅުތަކުގައި މި ބަލި ހުރިތޯ ދެނެގަތުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް މިނިސްޓްރީ ންވަނީ ބުނެފައެވެ.