ދުނިޔެ

އިސްރާއީލުން އިސްލާމިކް ޖިހާދުގެ މުޖާހިދަކު މިނިވަންކޮށްފި


އިސްރާއީލުގެ ޖަލެއްގައި
ބަންދުކޮށްފައިވާ އިސްލާމިކް ޖިހާދުގެ މުޖާހިދެއް މިނިވަންކޮށްފިއެވެ. ތިރީސް ހަތް އަހަރުގެ ޤާދިރު
އަދްނާން މިނިވަންކޮށްފައިވަނީ ފަންސާސް ހަ ދުވަހުގެ ބަނޑުހައި ހޫނުކަމުގެ
ހަޅުތާލަކަށްފަހުއެވެ.



އަދި، އިސްރާއީލުން އޭނާ
މިނިވަންކޮށްފައި މިވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލުމަށް
އެއްބަސްވުމުން ކަމަށް މައުލޫމާތުލިބިފައިވެއެވެ. އަދްނާން މިހާރުވަނީ ހުޅަނގު
އައްސޭރީގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.



ހަ ކުދިންގެ
ބައްޕައެއްކަމަށްވާ އަދްނާނަކީ، އެތައް ފަހަރެއްގެ މަތިން ޔަހޫދީ ސަރުކާރުގެ ސިފައިންގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށާއި، އެގޮތުން މި ފަހަރަކީ އޭނާ
ހައްޔަރުކޮށް، ޖަލަށް ގެންގޮސްފައިވާ ދިހަވަނަ ފަހަރު ކަމަށް ރޮއިޓާރސްއިން ޚަބަރުދެއެވެ. ޔަހޫދީ ސިފައިން ބުނެފައިވަނީ އަދްނާން ހައްޔަރުކުރަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. މީގެ ކުރިންވެސް އަދްނާން
ހައްޔަރުކުރުމަށްފަހު އޭނާ މިނިވަންކޮށްފައިވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް
ފެށުމުންނެވެ.



މިކަމާއި ގުޅިގެން ޔަހޫދީންގެ
ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ކެއުން
ހުއްޓާލާ ހަޅުތާލުކުރަން ފަށާފައިވާއިރު، އިސްރާއީލުންވަނީ،
ގަދަކަމުން ކުށްވެރިންނަށް ކާން ދިނުން ހުއްދަކުރާ ޤާނޫނެއް ފާސްކޮށްފައެވެ.