ޚަބަރު

ހިމަބިއްސަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި ކުއްޖާގެ ގައިން ބަލި ފެނިފައެއް ނުވޭ: ހެލްތު


ހިމަބިއްސަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި ކުއްޖާގެ ގައިން އެ ބަލި ފެނިފައި ނުވާކަމަށް ހެލްތް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ހިމަބިއްސައް މިހާތަނަށް ދެ މީހުން ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ތިންވަނަ މީހަކަށް މި ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކޮށްފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ އެ ކުއްޖާއަކީ ހިމަބިހިން ރައްކާތެރިވުމަށް ދޭ އެމްއާރް ވެކްސިން ޖަހާފައިވާ ކުއްޖެއްކަމަށެވެ.

ރާއްޖެއިން ނައްތާލާފައިވާ ހިމަބިއްސަށް ޝައްކުވެގެން ފުރަތަމަ ޓެސްޓް ކުރި ކުއްޖާ ބައްޔަށް ޕޮސިޓިވްކަން އެޗްޕީއޭއިން ހާމަކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

3 އަހަރުގެ މި ކުއްޖާއަކީ ހިމަބިއްސަށް ޖަހަންޖެހޭ ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައި ނުވާ ކުއްޖެއްކަމަށް ވަނީ ބުނެފައެވެ.

ހިމަ ބިއްސަށް ދެން ޕޮސިޓިވްވީ 30 އަހަރުގެ ފިރިހެނެކެވެ. ބަލި ޖެހުނު 2 މީހުންނަށްވެސް އެޗްޕީއޭގެ ބެލުމުގެ ދަށުންދަނީ ފަރުވާދެމުންނެވެ.

އަދި ބަލި ފެތުރުނަ ނުދިނުމަށް ހެލްތް މިނިސްޓްރީއިން މިހާރުވަނީ ފިޔަވަޅު އަޅަން ފަށާފައެވެ.