ޚަބަރު

ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައިފި


ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީން ކުރި އިޢުލާންގައިވާގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވުމަށް މިމަހުގެ 16ވަނަ ދުވަހުގެ މެންދުރުފަހު 2:00 ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ މެމްބަރުން ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލަފައި މިވަނީ ކުޅުދުއްފުށީއަކީ ސިޓީއެއްކަމަށް ދާދި ފަހުން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުމާ ގުޅިގެންނެވެ. ކުޅުދުއްފުށީ ސިޓީ ފިޔަވާ އެހެން ދާއިރާތަކުގެ ގޮނޑިތަކުގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 31ވަނަ ދުވަހުއެވެ. ކައުންސިލް އިންތިޚާބުގެ ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ވާދަކުރުމަށް ވަނީ ނިންމާފައިއެވެ.