ވިޔަފާރި

އައްޑޫ ސިޓީ ގަމުން ބެންކޮކަށް ދަތުރުކުރުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި


އައްޑޫ ސިޓީ ގަމުން ތައިލެންޑުގެ ބެންކޮކަށް ދަތުރުކުރުކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ސްރީލަންކަން އެއަރލައިންސްއިން ފަށައިފިއެވެ.

ރާއްޖޭގައި ސްރީލަންކަން އެއަލައިންސްގެ ޓިކެޓް ވިއްކުމަށް ހާއްސަކޮށްފައިވާ އެޖެންޓް، އޭސް އޭވިއޭޝަނުން ފެށި މި ޕްރޮމޯޝަންގެ ދަށުން އޯލް އިންކްލޫޒިވް ރިޓާން ޓިކެޓުގެ އަގު ފެށެނީ 332 ޑޮލަރުންނެވެ. އަދި މިޕްރޮމޯޝަންގައި 40 ކޭޖީގެ ބެގެޖް އެލަވަންސެއްވެސް ފަސިންޖަރުންނަށް ލިބޭނެކަމަށް އޭސް އޭވިއޭޝަނުން ބުނެއެވެ.

މިޕްރޮމޯޝަން ކުރިޔަށްދަނީ ޖެނުއަރީމަހުގެ 8 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްރީލަންކަން އެއަލައިންސްއަކީ ގަން އެއަރޕޯޓަށް ބައިނަލްއަޤްވާމީ ދަތުރުތައްކުރާ އެއަރލައިނެވެ. ސްރީލަންކަންއިން ގަން އެއަޕޯޓަށް ދަތުރުތަށް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެންބަރުމަހުއެވެ.