ވިޔަފާރި

ގަތަރު އެއާވޭސްގެ ހާއްސަ 3 ޕްރޮމޯޝަނެއް ފަށައިފި


ގަތަރު އެއާވޭސްއިން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ 3 ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖޭގައި ގަތަރު އެއަރވޭސްގެ އެޖެންޓު، ވިލާ ޓްރެވެލްސް އިން ބުނީ މީގެ ތެރެއިން އެއް ޕްރޮމޯޝަނެއް މެދުވެރިކޮށް، ގަތަރު އެއަވޭސްގެ ފަސިންޖަރުންނަށް އިކޮނޮމީ އާދި ބިޒްނަސް ކްލާހުގެ ޓިކެޓުން 30 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެކަމަށެވެ. އަދި ދެވަނަ ޕްރޮމޯޝަނަކީ 8 މީހުންނަށްވުރެ ގިނަ ނޫން ގްރޫޕްތަކަށް ހާއްސަ ޑިސްކައުންޓްދޭ ޕްރޮމޯޝަނެކެވެ. އަދި ތިން ވަނަ ޕްރޮމޯޝަނަކީ ދުރާލާ ޓިކެޓް ބުކް ކުރާ މީހުންނަށް ޑިސްކައުންޓް ލިބޭނެ ޕްރޮމޯޝަނެއްކަމަށް ވިލާ ޓްރެވަލްސްއިން ބުނެއެވެ.

މިމަހުގެ 6 އިން 12 އަށް ކުރިޔަށްދާ މި ތިން ޕްރޮމޯޝަން ގެ ތެރެއިން ނަގާ ޓިކެޓަށް މިއަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދަތުރު ކުރެވޭނެކަމަށް ވިލާ ޓްރެވަލްސްއިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންތައް ހިންގަނީ ވަކި މަންޒިލްތަކަކަށް ނަގާ ޓިކެޓަށެވެ. އަދި ޕްރޮމޯޝަން ހިނގާ މަންޒިލްތަކުގެ މައުލޫމާތު ވިލާ ޓްވެރެލްސް އިން ލިބޭނެކަމަށް ވިލާ ޓްރެވަލްސްއިން ބުނެއެވެ.