ޚަބަރު

ބ.ފުޅަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި


ބ އަތޮޅު ފުޅަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މިމައްސަކަތުގެ އަގަކީ 48 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީއިން މައުލޫމާތު ދޭ ގޮތުގައި، ފުޅަދޫ ބަނދަރު ހެނދުމުގެ މަޝްރޫއުގެ ތެރެއިން، ބަނދަރުގެ ބޭރު ތޮށިލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން އަށްދަށު ތޮށިލުމާއި އަދި މޫރިން ބްލޮކްސްޖެހުމުގެ މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބަނދަރު ސަރަހައްދުގެ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ވެސް މިމަސައްކަތުގެ ތެރޭއި ހިމެނެއެވެ.

މި މަސައްކަތްތަކުގެ އިތުރުންވެސް އެރަށު ބަނދަރު ބައްތި ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ރޭމްޕެއް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީންއިން ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިހާރު ފުޅަދޫގައި ލަފާ ފުރުމަށް ބޭނުންކުރަމުން އަންނަނީ ފާލަމެކެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ.