ވިޔަފާރި

`ވީމްގެ މެމްބަރުންގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް ހަރަކާތެއް ކުރިއަށްގެންގޮސްފި


ރާއްޖޭގެ ފަންނުވެރި އަންހެން ކަނބަލުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

"ސުވެނިއަރ ސަފާރީ"ގެ ނަމުގައި ވިމެން އޮންޓަޕްރިނިއާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީމްގެ ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓަޑާއި ގުޅިގެން ބޭއްވި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އިން ހަވީރު 00؛6 އަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައެވެ. ވީމްއިން ވަނީ މީގެކުރިންވެސް މިފަދަ 3 ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ.

މިހަރަކާތުގެ މަޤްސަދަކީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އަންހެން ފަންނުވެރިން އުފައްދާ ތަކެތި ވިއްކުމަށް ފުރުސަތު ފަހިކޮށްދިނުންކަމަށް ވީމްއިން މައުލޫމާތުދެއެވެ. މިހަރަކާތުގެ ތެރެއިން ދައްކާލެވޭ ތަކެތި ގަތުމާއި، އިތުރު ތަކެއްޗަށް އޯޑަރުކުރުމުގެ ފުރުސަތު ލިބޭނެކަމަށް ވީމްއިން ބުނިއެވެ.

ވީމްއަކީ ރާއްޖޭގެ އަންހެން ފަންނުވެރިން ކުރިއަރުވާ، ބާރުވެރިކުރުމުގެ މަޤްސަދުގައި ހިންގާ ޖަމުޢިއްޔާއެކެވެ، މިގޮތުން ވިޔަފާރީގައި މިހާރު އުޅޭ ފަރާތްތަކާއި ވިޔަފާރިއަށް އަލަށް ވަންނަ ފަރާތްތަކަށް ވީމްއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.