ދުނިޔެ

އެބޯލާގެ އަސަރު އެންމެބޮޑަށްކުރި ޤައުމުތަކަށް އެހީވަނީ


އެބޯލާގެ އަސަރު އެންެމެ ބޮޑަށް ކޮށްފައިވާ ތިން ޤައުމުގެ ޞިއްޙީ ދާއިރާގެ ފެންވަރު މަތި ކުރުމަށާއި،އެބޯލާ ފެތުރުމުގެ ސަބަބުން އިޤްތިޞާދަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ތިނެއް ޕޮއިންޓް ހަތަރެއް ބިލިޔަން ޑޮލަރުގެ އެހީއެއް ދިނުމަށް އ.ދން ވައުދުވެއްޖެއެވެ.އދން ބުނެފައިވަނީ، މިއެހީގެ ތެރެއިން ތިނެއް ޕޮއިންޓް ދޭއް ބިލިޔަން ޑޮލަރު ބޭނުން ކުރާނީ ލައިބީރިއާއާއި،ސިއެރާ ލިއޯނާއި ގިނީގެ ޞިއްޙީ ނިޒާމް ވަރުގަދަކޮށް އެބޯލާއަށް ފަރުވާ ދޭ ނިޒާމް ޤާއިމްކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިޔަށް އޮތް ދެއަހަރު  ހިންގާ ޕްރޮގްރާމްތަކަށް ކަމަށެވެ.އދ ގެ  މެމްބަރު ޤައުމުތަކުގެ ތެރެއިން އެމެރިކާއިން ދުއިސައްތަ ފަސްދޮޅަސް ހަ މިލިޔަން ޑޮލަރު،އިނގިރޭސި ވިލާތުން ތިންސަތޭކަ އަށްޑިހަ އެއް މިލިޔަން ޑޮލަރު ،ޖަރުމަން ވިލާތުން ދުއިސައްތަ ވިހި މިލިޔަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވެއެވެ.ދުނިޔޭގެ ބޮޑެތި ބޭންކްތަކަށް ބަލާއިރު،ވޯލްޑް ބޭންކުން ހަސަތޭކަ ފަންސާސް މިލިޔަން ޑޮލަރު، އެފްރިކަން ޑެވެލޮޕްމެންޓް ބޭންކުން ތިންސަތޭކަ ފަސްދޮޅަސް މިލިޔަން ޑޮލަރު ދިނުމަށް ވަޢުދުވެފައިވެއެވެ.މީގެ އިތުުރުން ޔޫރަޕިއަން ޔޫނިއަނުން ވަނީ އެހީގެ ގޮތުގައި ހަތްސަތޭކަ ސާޅީސް ފަސް މިލިޔަން ޑޮލަރު ދިނުމަށް ވަޢުދުވެފައެވެ.