ޚަބަރު

އަލިފާންރޯވި ޔޮޓް އަޑިއަށް ހިނގައްޖެ


މާލެއަތޮޅު ކުޑަވިލިނގިލި ފަޅުތެރޭގައި އޮތް ޔޮޓެއްގައި އަލިފާން ރޯވެ އެޔޮޓް އަޑިއަށް ހިނގައްޖެއެވެ.

ޔޮޓް އަޑިއަށް ދިޔައީ އޭގައި ރޯވި އަލިފާން ނުއްވުމަށް އެމްއެންޑީއެފުގެ އަލިފާން ނިއްވާމީހުން ފެންޖަހަމުންދަނިކޮށްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ތުލުސްދޫކައިރީގައި އޮންނަ ކުޑަވިލިނގިލި ފަޅުތެރޭގައި އޮތް މިޔޮޓަކީ "ވެރިޓަ" ނަމަކަށް ކިޔާ އޮސްޓްރޭލިއާގެ ޔޮޓެއް. އޭގައި އަލިފާންރޯވެގެން ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ރޭފަތިހު 5:42 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގާދިޔައިރު އޭގައި ތިބި 3 މީހުން ތިބިކަމަށާ، އެތިން މީހުންނަކީވެސް އޮސްޓްރޭލިއާގެ ރައްޔިތުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެތިންމީހުންނަށް މާބޮޑު ހާނީއްކައެއް ނުވާކަމަށާ، އެހެންނަމަވެސް ތުލުސްދޫ ސިއްޙީ މަރުކަޒުން އެމީހުންނަށް ފަރުވާދީފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.