ޚަބަރު

6 ދިވެއްސަކު ލަންކާގައި ހައްޔަރުކޮށްފި


6 ދިވެއްސަކު ލަންކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސްވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

ފޮރިން މިނސިްޓްރީން ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިފަރާތްތަކަށް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށާއި މިވަގުތުވެސް އެމްބަސީގެ ކޮންސިއުލަރ ސްޓާފުން ލަންކާ ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި އެމްބަސީ މެދުވެރިކޮށް މިކަން ބަލަމުންދާކަމަށާއި ނަމަވެސް މިއީ ބަލަމުންދާ މައްސަލައަކަށްވާތީ މައްސަލައާ ގުޅޭ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އަވައްޓެރި ސްރީލަންކާއަކީ ބޭސްފަރުވާއަށާއި، ތަޢުލީމު އަދި ޗުއްޓީ ހޭދަކުރަންވެސް ގިނަ އަދަދަކަށް ދިވެހިން ގޮސްއުޅޭ ޤައުމެކެވެ. އަދި ލަންކާއަށް ދިރިއުޅުން ބަދަލުކޮށްގެންވެސް ގިނަ ދިވެހިންތަކެއް އުޅެމުންދެއެވެ.