ކ މާފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، ފޮރުވާފައި ހުރި 21 ފުޅި ބަނގުރާ ފެނިފައި ވަނީ، އެރަށުގައި ހަދަމުން ދިޔަ އިމާރާތެއްގެ ތެރެއިން މިއަދު ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ފުލުހުން ވިދާޅުވީ އެމައްސަލަ އިތުރަށް ތަޙުޤީްު ކުރަމުންދާ ކަމަށެވެ.
ހުސްވި ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުވެސް ފުލުހުން ވަނީ، ބިޔަރު ދަޅުތަަކަކާއި އެކު އެރަށުން ބިދޭސީއަކު ހައްޔަރުކޮށްފައެވެ، އަދި އޭނާ ދިރިއުޅޭ ގެ ބަަލައި ފާސްކުރި އިރު އެގެއިން 42 ފުޅި ބަނގުރަލާއި، 203 ބިޔަރު ދަޅު ފެނިފައިވާ ކަމުގައިވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.