ޚަބަރު

ނިމުނު އަހަރު ބަންޑާރަ ނައިބުގެ އޮފީހުން މުއައްސަސާތަކަށް އެންމެ ގިނައިން ލަފާދީފައި ވަނީ އެއްބަސްވުންތަކާއި ގުޅޭ ގޮތުން


ފާއިތުވި އަހަރު ދައުލަތުގެ މުއައްސަސާތަކަށް އެއްހާހަށްވުރެ ގިނަ ޤާނޫނީ ލަފާ ފޯރުކޮށްދީފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހާމަކުރައްވައިފިއެވެ.

އެ އޮފީހުން ޢާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތުގެ މުއައްސަސާތަކުން 1082 ކަމެއްގައި ޤާނޫނީ ލަފަޔަކަށް އެދި އެ އޮފީހަށް ފޮނުވާފައިވާއިރު، 1003 ކަމެއްގައި ޤާނޫނީ ލަފާ ވަނީ ދެއްވާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ބިލު ތަސްދީޤްކުރުމާއި ގުޅޭގޮތުން ދިން 27 ލަފައަކާއި، އެއްބަސްވުންތަކާއި ގުޅޭގޮތުން ދިން 354 ލަފައަކާއި، ޤަވާއިދުތަކައި ގުޅޭ 103 ލަފައާއި، އުސޫލްތަކާއި ގުޅޭ 52 ލަފައެކެވެ. އަދި މުއާހަދާތަކާއި ގުޅޭ 15 ލަފައަކާއި އެހެނިހެން ކަންކަމާއި ގުޅޭ 452 ލަފާ ހިމެނެއެވެ.

ދައުކަތުގެ އެކި ކަންކަމާއި ގޫޅޭގޮތުން ޤާނޫނީ ލަފާ ދިނުމަކީ ބަންޑާރަ ނާއިބުގެ އޮފީހުގެ ޒިންމާއެކެވެ.