ޚަބަރު

މަގު ހުރަސްކުރަނިކޮށް މީހެއްގެ ގައިގައި ސައިކަލަކުންޖައްސައި، ދުއްވަން އިން މީހާ ފިލައިފި


ކަފިހި ހުރަސްމަތިން ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖައްސައި، ސަައިކަލު ދުއްވަން އިން މީހާ ފިލައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިރޭ 7:38ހާއިރު މި އެކްސިޑެންޓް ހިންގާފައިވަނީ، 56 އަހަރުގެ ދިވެހި ފިރިހެނަކު ފުރުޢާން މިސްކިތަށް އަރަން ދަނިކޮށް އެމީހާގެ ގައިގައި ސައިކަލުން ޖައްސައިގެންކަމަށެވެ.

މި އެކްސިޑެންޓްގައި މަގު ހުރަސްކުރި މީހާ ވެއްޓި ބޯ ފަޅައިގެންގޮސްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މިމީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. މީހާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ ސީސީޓީވީ ފުޓޭޖް ބަލައިގެން، ސައިކަލު ދުއްވަން އިން މީހާގެ ސައިކަލު ހޯދައި ޓޯ ކޮށްފައިވާކަމަށެވެ. ފުލުހުން މިހާރު ގެންދަނީ ސައިކަލު ދުއްވަން އިން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.