ޚަބަރު

ފަރުވާއަށްފަހު ރައީސް މައުމޫން ގެޔަށް ވަޑައިގެންފި


އާލާސްކަންފުޅެއްގައި އައިޖީއެމް ހޮސްޕިޓަލުގައި 4 ދުވަހުގެ ފަރުވާ ހޯދެއްވުމަށްފަހު ރައީސް މައުމޫން ގެޔަށް ވަޑައިގެންފިއެވެ.

ރޯގާގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަން ދިގުލާތީ ޓެސްޓްތަކެއް ހެދުމަށް ޑިސެމްބަރުމަހުގެ 30ވަނަ ދުވަހު އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަނީ ފަރުވާ ދެއްވާފައެވެ. ހޮސްޕިޓަލުން ގެޔަށް ވަޑައިގެންނެވުމަށްފަހު ރައީސް މައުމޫންވަނީ ރޯގާގެ އާލާސްފުޅު މިހާރު ރަނގަޅުވެފައިވާކަމަށެވެ. އަދި މިކަމުގައި އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ރައީސް މައުމޫންވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓް

1978 ވަނަ އަހަރުން ފެށިގެން 30 އަހަރުވަންދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ރައީސް މައުމޫނަކީ އެތައްބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ސިޔާސީ ޝަޚްސިއްޔަތެކެވެެ.

އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫން މިހާރުވެސް ގެންދަވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނައުމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި އެޕާޓީގެ ރައީސްގެ މަޤާމު ފުރުއްވަމުންނެވެ.