ކުޅިވަރު

އައްޑޫ ފުޓޫބޯޅަ ޗެމްޕިއަންޝިޕް: ސެމީގެ ފުރަތަމަ ޖާގަ އެފްސީ ބޭރުމަތި ހޯދައިފި


އައްޑޫ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އެފްސީ ބޭރުމަތި ހޯދައިފިއެވެ. ބޭރުމަތި ސެމީގެ ޖާގަ ކަށަވަރު ކުރީ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ގޯދިއްޔާ ހަތަރެއް އެކަކުން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭގައި ބޭރުމަތި ޓީމުގެ، އަމީން އިބްރާހީމް އެޓީމަށް ލީޑް ނަގައިދީ ލީޑް ނަގައިދިނެވެ. ބޭރުމަތިން ނަތީޖާ ލީޑް ފުޅާކުރީ މުޙައްމަދު ސަބާހު ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯދިއްޔާގެ އަބްދުﷲ ލައުސަން ވަނީ ގޯލެއް ޖަަގައި ނަތިޖާ 2-1އަށް ބަދަލުކޮށްލާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބޭރުމަތި ޓީމުންވަނީ އިތުރު ދެ ގޯލް ޖަހާފައެވެ. މި ދެ ލަނޑު ޖެހީ މުހައްމަދު ޝުއާއު އަދި ހާޒިމް ފައުޒީއެވެ. މިހާފުގައި ގޯދިއްޔާ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ.

މެޗަށް ފަހު ބޭރުމަތި އެފްސީ ކޯޗު އަހުމަދު ނަސީމް ބުނީ، ސެމީ ފައިނަލް ކަށަވަރު ވެފައި ވީނަމަވެސް ކުރިއަށް އޮތް މެޗު ފަސޭހަ ނުކުރާނެކަމަށެވެ. އޭނާ ބުނީ މެޗުގައި ބޭނުންވިވަރުގެ ކުޅުމެއް ނުދެއްކުނީ ގޯދިއްޔާއިން އެއްކޮށް ޑިފެންސިވް ގޭމެއް ކުޅުމުންކަމަށެވެ.

ގޯދިއްޔާ އެސިސްޓެންޓް ކޯޗު އިބްރާހީމް ނަޒްމީ ބުނީ، މިދެޓީމުގެ ފުރަތަމަ މެޗާއި އަޅައި ބަލާއިރު، މި މެޗު ރަނގަޅު ކަމަށެވެ. އެގޮތުން ގޯލެއް ޖަހައި، ކުރީ މެޗަށް ވުރެ 1 ލަނޑު މަދުން ބައިކޮޅަށް ވަދެފައިވާކަން އޭނާ ފާހަގަ ކުރިއެވެ. ނަޒްމީ ބުނީ، އަދި ސެމީ ފައިނަލު ޖާގަ އެއްކޮށް ނުގެއްލޭ ކަމަށާއި، އެންމެ ފަހު މެޗާއިއެކުވެސް އުއްމީދު ގެއްލުވާ ނުލައި މަސައްކަތްކުރާނެކަމަށެވެ.

މިމެޗާއި ބޭރުމަތިވަނީ މުބާރާތުގެ ސެމީ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. 9 ޕޮއިންޓާއިއެކުއ އެޓީމް އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ގޯދިއްޔާ އަށް މުބާރާތުގައި ކުރިއަށް ދެވެން ދެން އޮންނާނީ، 2 ލަނޑުގެ ތަފާތަކުން މުލިމަތި ބަލިކޮށް، ފަހު މެޗުގައި ބޭރުމަތި އަތުން މުލިމަތި ބަލިވެގެންނެވެ.