ޚަބަރު

ޔުނިވާސިޓީ އާގުޅޭ 2 ބިލް ރައީސް ތަސްދީގު ކުރައްވައިފި


އިސްލާމިކް ޔުނިވަރސިޓީ ޤާއިމްކުރުން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އިސްލާހާއިއެކު،  ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤް ކުރައްވައިފިއެވެ.މި ގާނޫނުގައި ވާގޮތުން މިގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާ "ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ" އަށް ބަދަލުވާނެއެވެ.މީގެ އިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނުވާސިޓީގެ ކައުންސިލަށް ބަދަލުތަކެއް ގެނައުމަށް، ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޞްދީޤް ކުރައްވާފައެވެ.އަލަށް އިސްލާހު ކުރެވުނު މި ޤާނޫނުގައި، ގައުމީ ޔުނިވާސިޓީގެ ކައުންސިލަށް ބައެއް މެމްބަރުން އައްޔަން ކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވެއެވެ. އަދި  މި ޤާނޫނުގައިވާގޮތުން ޔުނިވާސިޓީ ކައުންސިލް އެކުލެވިގެންވަނީ ޖުމުލަ ތޭރަ މެމްބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެމްބަރުންނާއި، ޔުނިވާސިޓީގެ ކައުންސިލުގައި މަގާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ 4 މެމްބަރުންގެ އިތުރުން، އިންތިޚާބު ކުރާ 4 މެމްބަރުންނެވެ.މަގާމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެމްބަރުންނަކީ، ޗާންސެލަރއާއި، ވައިސްޗާންސެލަރ، ޑެޕިއުޓީ ވައިސް ޗާންސެލަރ އިން އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ އިން ރިސާރޗް އެންޑް ރިނޮވޭޝަންއެވެ.ކުރިން އެގާނޫނުގައިވާގޮތުން ޔުނިވާސިޓީ ކައުންސިލްގައި އަށާރަ މެމްބަރުން ތިއްބަވައެވެ.