ޚަބަރު

ފޭރެން އުޅުމުގެ ތެރޭގައި، މީހަަކަށް ތޫނުއެއްޗަކުން ޙަމަލާދީފި


ބޮޑުތަކުރުފަނު މަގުގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެ މީހާ ޒަޚަމްކޮށްލާފައިވަނީ އޭނާގެ ވޮލެޓު ފޭރެން އުޅުމުގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގައިކަމަށެވެ.

ހަމަލާދީފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހަގެ އަތުގެ 2-3 އިންޗިއަށް ފުންކޮށް ކަފައިގެން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މީހާއަށް އައިޖީއެމް ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ. މިމީހާއަށް ހަމަލާދީގައިވަނީ މިރޭ 11:30ހާއިރެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ބަލަމުންނެވެ.