ޚަބަރު

700000ރ ފޭރުނު މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި


އަމީރުއަޙްމަދުމަގުން ސައިކަލެއްގައި ދިޔަ މީހެއްގެ އަތުން 700000 ދިވެހި ރުފިޔާ ފޭރުނު މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.ކޯޓު އަމުރެއްގެ ދަށުން މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ.މި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.މިދިޔަ މޭ މަހުގެ 4 ވަނަ ދުވަހުގެ ވަގުތެއްގައި އަމީރުއަޙްމަދުމަގު ނަސަންދުރާ ފުރަގަހުގައި ހިނގި ފޭރުމުގެ، މި މައްސަލައާ ގުޅިގެން 2015 ޖޫން 05 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ ދިވެހި ފިރިހެނަކުވެސް ފުލުހުން ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ދީފައިމާ 10 ދުވަހުގެ ބަންދުގެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހު ހަމަވާނެކަމަށްވެސް ފުލުހުން ބުނެއެވެ.ފޭރުމުގެ މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.