ވިޔަފާރި

އެންމެ ކާމިޔާބު ސަފާރީ އޮޕަރޭޓަރަކަށް "ބްލޫ ކޭ ސަފާރީ މޯލްޑިވްސް"


މޯލްޑިވްސް ބޯޓިންގ އެވޯޑްސްގައި ހޮވި އެންމެ ކާމިޔާބު ލިވަރބޯޑު އޮޕަރޭޓަރަކަށް ބުލޫކޭ ސަފާރީ ހޮވިއްޖެއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑަކީ ބޯޓިންގ އިންޑަސްޓްރީއަށް ޚިދުމަތްކުރުމުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި 2014 ވަނަ އަހަރުން ފެށިގެން ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެންބީއޭއެމްއިން އިންތިޒާމުކޮށްގެން ބާއްވާ އެވޯޑެކެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑްސްގެ 6 ވަނަ ހަފްލާ ބާއްވާފައިވާއިރު މިދާއިރާގައި ފާހަގަކޮށްލެވޭ އެކި އެކި ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި އެންބީއޭއެމްއިން ވަނީ 26 ދާއިރާއަކުން އެވޯޑުދީފައެވެ.

އެގޮތުން އެންމެ ކާމިޔާބު ލިވަރ ބޯރޑް އޮޕަރޭޓަކަށް ހޮވިފައިވަނީ ބުލޫކޭ ސަފާރީއެވެ. 1998 ގައި އުފެއްދި ބުލޫކޭ ސަފާރީ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެކެވެ.

ބޯޓިންގ އެވޯޑްސްގެ ލިވަރބޯޑު އޮޕަރޭޓަރަކަށް ބުލޫކޭ ސަފާރީ ހޮވުނުއިރު އެންމެ ކާމިޔާބު ލިވަރބޯރޑް ބްރޭންޑަކަށް މިއަހަރުވެސް ހޮވިފައިވަނި ކާޕް-ޑީ-އޭމް މޯލްޑިވްސްއެވެ. ކާރޕް-ޑީ-އޭމް މޯލްޑިވްސްއަކީވެސް ލޯންޗާއި ސަފާރީގެ ޚިދުމަތްތަކުގައި ޜާއްޖޭގައި ފާހަގަކޮށްލެވޭ ކުންފުޏެކެވެ.

ބޯޓިންގ އެވޯޑްސް ހަފްލާގައި ދިން އެހެނިހެން އެވޯޑްތަކުގެ ތެރޭގައި
- ބެސްޓް އާފްޓަރ ސެލްސް ސަރވިސް-އަލިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
- ބެސްޓް ބޯޓް ޑިޒައިން އޮފް ދަ ޔިއަރ- ސްކޫބާ ސްޕާ ޔިންގ
- ބެސްޓް ބިލްޑް ލިވަރބޯޑް- ސީރެކްސް މޯލްޑިވްސް
- ބެސްޓް ޑައިވް ސަފާރީ- ސަޗިކާ މޯލްޑިވްސް
- ބެސްޓް ފިޝިންގ ސަފާރީ- ކެތި
- ބެސްޓް ސާފް ސަފާރީ- ހޮރައިޒެން މޯލްޑިވްސް
- ބެސްޓް ލިވަރބޯޑު ޔޮޓް ބިލްޑަރ- އޮފްޝޯރ ޔޮޓް
- ލިވަރބޯޑް ޓްރެވެލް އޭޖެންޓް އޮފް ދަ ޔިއަރ- މޯލްޑިވްސް ހޮލިޑޭ ކަލެކްޝަން
- މޯސްޓް ޕްރިފަރޑް މެރިން ޖެނަރޭޓަރ އޮފް ދަ ޔިއަރ- ސޯލް ޑީސެލް

މި އެވޯޑުތަކުގެ އިތުރުންވެސް މިހަފްލާގައި ބޯޓިންގ އިންޑަސްޓްރީގައި ޚިދުމަތްކުރާ އެކިއެކި ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ބޯޓިންގ އެވޯޑް ކާމިޔާބުކަމާއިއެކު ބާއްވަމުން އަންނަތާ 6 އަހަރު ވެފައިވާއިރު މިހާރު ރާއްޖޭގެ ޤައުމީ ބޯޓިންގ އެސޯސިއޭޝަންގެ ގޮތުގައި ހަރަކާތްތެރިވަނީ ވެސް މި ޖަމުޢިއްޔާއެވެ. މި ޖަމުޢިއްޔާ ކުރިން ހިންގާފައިވަނީ ލިވަރބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައެވެ.