ޚަބަރު

އޭދަފުށީ ފަޅުތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ފަތްތަކެއް ފެނުން


މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އޭދަފުށީ ފަޅުތެރެއިން ފެނިއްޖެއެވެ.

ވަރަށް ބޮޑަށް ޕެކްކޮށް ފެން ނުވަންނާނެހެން ބަންދު ކޮށްފައިވާ ފަތްތަކެއް ލެއްގީ އޭދަފުށީ އުތުރު ފަރާތު ނެރުމައްޗަށް ކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ.

މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ، ބަންދުކޮށްފައިއޮތް މިގޯނި އެއްގަމަށް އެރުވީ އާންމު ރައްޔިތުންނާ ފުލުހުން ގުޅިގެންނެވެ.

އަދި އެއީ ކޯޗެއްތޯ ބެލުމަށް ކެނޑީފުލުހުންނެވެ. މިގޯނި އެއްގަމަށް ނެގުމުގައި މަސައްކަތް ކުރި ފަރާތްތަކުން ބުނީ މިގޯނީގަ 60 ކިލޯއާ 70 ކިލޯއާ ދެމެދުގެ ބަރުދަނެއް ހުރިކަމަށެވެ.
މިހާރު އެގޯނިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިކަންއިތުރަށް ތަހުޤީގް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.