ޚަބަރު

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ގޭސްޓްރޯއެންޓެއޮލޮޖީގެ ޚިދުމަށް އައި.ޖީ.އެމް.އެޗުގައި ފަށައިފި


ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ގޭސްޓްރޯއެންޓެއޮލޮޖީގެ ޚިދުމަތް އައި.ޖީ.އެމް.އެޗުގައި ފަށައިފިއެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ގޭސްޓްރޯއެންޓެކޮލޮޖީ ނުވަތަ ގޮހޮރުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށާފައިވާއިރު، ގޮހޮރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. ޕަލަނިއައްޕަން މިއަދުން ފެށިގެން އައިޖީއެމްއެޗްގެ އޯޕީޑީގައި ބަލި މީހުން ބަލާނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އަދި ހަމަމިއާއެކު ގޭސްޓްރޯއެންޓެއޮލޮޖީއާއި ގުޅޭ އިތުރު ޚިދުމަތްތަށްވެސް ލިބޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

ގެސްޓްރޯއެންޓެއޮލޮޖީގެ ޚިދުމަތް އައިޖީއެމްއެޗްގައި ފެށުމަކީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ރައްކާތެރި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރާއި ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަކަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ. އަދި ގޭސްޓްރޯއެންޓެކޮލޮޖީ އާއި ގުޅުންހުރި އެންޑޮސްކޯޕީ އާއި ކޮލޮނޮސްކޯޕީގެ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.