ދީން

މާލޭގެ ބޮޑެތި މިސްކިތްތަކުގައި ދަމު ނަމާދު ކުރަންފަށައިފި


އިސްލާމީ މަރުކަޒުގަޔާއި، މާލޭގެ  ބޮޑެތި މިސްކިތްތަކުގައި ރޭ ޖަމާއަތުގައި ދަމު ނަމާދުކުރަން ފަށައިފިއެވެ. ރެއަކީ ރޯދަމަހުގެ ފަހު ދިހައިގެ ފުރަތަމަ ރެއެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ މުޙައްމަދު ދީދީ ވިދާޅުވީ، ޖަމާއަތުގައި ދަމު ނަމާދު ކުރުން ފަހު ދިހައިގެ ކޮންމެ ރެއެއްގެ މެންދަމު ދޭކުން ފެށިގެން ކަނޑައެޅިފައިވާ މިސްކިތްތަކުގައި ކުރިއަށްދާނެ ކަމަށެވެ. އަދި އިސްލާމީ މަރުކަޒްގެ އިތުރަށް އެހެނިހެން މިސްކިތްތަކުގައި ދަމު ނަމާދު ޖަމާއަތުގައި ކުރުމަކީ މިސްކިތްތަކުގެ އިމާމުންގެ ކަމެއް ކަމަށެވެ.އިސްލާމީ މަރުކަޒްގައި ރޭ އިމާމުވެ ދަމު ނަމާދުކޮށްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.ރޭ ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދަމު ނަމާދަށް ގޮސްފައިވެއެވެ.މާލޭގެ އިތުރުން ފަހު ދިހައިގެ ރޭތަކުގައި އަތޮޅުތަކުގެ ގިނަ މިސްކިތްތަކުގައިވެސް ޖަމާއަތުގައި ދަމު ނަމާދު ކުރަން ފަށާފައިވެއެވެ.