ޚަބަރު

ރޭ ތަކަންދޫގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި


ހއ ތަކަންދޫގައި ރޭ މާރާމާރީއެއް  ހިންގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެކަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންބުނެފިއެވެ.މިމައްސަލައާ ގުޅިގެން އެރަށުން ރޭ ހައްޔަރުކޮށްފައިވަނީ، ފަންސާސް ހައަހަރުގެ ދިވެހި ފިރިހެނެކެވެ.ފުލުހުން ބުނީ ރޭ ނުވަގަޑި ސާޅީސް ފަހެއް އެހާކަށްހާއިރު، ހިނގި އެ  ހާދިސާގައި ޒަހަމްވެފައިވަނީ، އުމުރުން ސާޅީސް ތިން އަހަރުގެ މީހެއް ކަމަށާއި، ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެ މީހާގެ ކަނާތު ކަންފަތާ ދިމާލުން ބޮލަށް ކަމަށެވެ.ޒަހަމްވި މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންދަނީ ފަރުވާދެމުންނެވެ.ރޭގެ މަރާމާރީ އާއި ގުޅިގެން  ހައްޔަރު ކުރި މީހާއަކީ ތަފާތު ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން މިހާރުދަނީ ތަހްގީގުކުރަމުންނެވެ.