ޚަބަރު

އަރުމާޒް ލޯންޗާއި ގުޅުވައިގެން ފަތުރަމުންދަނީ ދޮގު ހަބަރެއް


ރާއްޖެއިން ބޭރުން ގެނައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުކޮޅު، އަރުމާޒު ލޯންޗާ އެމްއެންޑީއެފްއިން ޙަވާލުނުވި ކަމަށް ފަތުރަމުންގެންދާ ވާހަކަތައް އެމް އެންޑީ އެފުން ދޮގުކޮށްފިއެވެ.އެމެ އެން ޑީ އެފުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރުމާޒު ލޯންޗްކޮޅާއި އެމް އެން ޑީ އެފުން ހަވާލު ނުވިކަމަށް މީޑިޔާގައި ފެތުރެމުންދާ ޚަބަރަކީ އެމްއެންޑީއެފުން މީޑިއާތަކާއި ޙިއްސާކޮށްފައިވާ މަޢުލޫމާތެއް ނޫންކަމާއި، މި ކަމާއި އެމްއެންޑީއެފްއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ.އެމް އެންޑީ އެފުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ދަތުރުފުޅުތަކުގައި ބޭނުންކުރެއްވުމަށް ރާއްޖެ އިން ބޭރުން ގެންނެވި އާ ލޯންޗްކޮޅަށް ގެއްލުންތަކެއް ލިބިފައި އޮތުމުން، އެއާ ހަވާލުވާން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ދެކޮޅު ހަދަމުންދާކަމަށް ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ހަބަރު ފަތުރާފައިވެއެވެ. އަދި ލޯންޗަށް ލިބިފައިވާ ގެއްލުންތަކުގެ ތަހުގީގުތަކެއް ކުރިއަށްދާ ކަމަށްވެސް މީޑިޔާތަކުގައި ހަބަރު ފަތުރާފައިވެއެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.