ޚަބަރު

"ވިޔަވަތި ރާއްޖެ" ސެމިނާ މާދަމާ ފަށަނީ


ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމަގޮތުގައި ހިންގުމާ ގުޅޭގޮތުން ބާއްވާ ޚާއްޞަ ސެމިނަރ އެއް މާދަމާ ފަށާނެއެވެ.

ލާމަރުކަޒީ ރާއްޖެ މި ޝިޔާރުގެ ދަށުން، ވިޔަވަތި ރާއްޖެ މި ނަމުގައި ކުރިއަށްގެންދާ މި ސެމިނަރ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ދޭއްޖަހާއިރު. މި ސެމިނާ ފައްޓަވައިދެއްވާނީ ރައީސުލްޖުމްހުއްރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

މި ސެމިނަރ ފެށުމުގެ ރަސްމިއްޔާތުގައި، ލޯކަލް ކައުންސިލްތަކަށް ބާރުތައް ދިނުމަށް ޤާނުނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ތަސްދީޤު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެމިނާގައި ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އޮތް ހާލަތާއި އެ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތްކުރަން ޖެހުނު ސަބަބާއި ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލާއެކު ކައުންސިލްތައް ބާރުވެރިކުރެވިގެންދާނެ ގޮތް ފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން މަޢުލޫމާތުދީ އެކި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެމިނާގައި ވަޒީރުންނާއި ކަމާ ގުޅުންހުރި ތަޖުރިބާކާރުން މަޢުލޫމާތުދޭނެ. ދެދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ސެމިނަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސް ރޯޑްސް މޯލްޑިވްސް ގައެވެ.