ޚަބަރު

ބޭރުމަގުގައި ހުންނަ ބީއެމްއެލް ހެޑު އޮފީސް ކުރިމަތީގައި ޕާކިންގ ޒޯނެއް ހަދައިފި


ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ހެޑު އޮފީސް ކުރިމަތީގައި އިތުރު ޕާކިންގ ޒޯނެއް ހަދައިފިއެވެ.

މާލެ ސިޓީ ކައުންސިލާއި ޓްރެފިކް ޕޮލިސް ގުޅިގެން އެ ސަރަހައްދުގައި ހެދި ޕާކިންގ ޒޯނަކީ 125 ސައިކަލު ޕާކު ކުރެވޭނެ ޖާގައިގެ ޒޯނެއް. މި ޕާކިންގ ޒޯން ހެދި ސަރަހައްދަކީ ގިނަ އޮފީސްތަކެއްވެސް ހުންނަ ސަރަހައްދެކެވެ. އަދި އެކި ރިސޯޓުތަކަށާއި ރަށްރަށަށް ފުރާ ފެރީތަކާއި ލޯންޗުތައްވެސް ގިނަ އަދަދަކަށް ކައިރިކުރާ 6 ނަންބަރު ޖެޓީވެސް ހުންނަނީ އެ ސަރަހައްދުގައެވެ.

މި ޕާކިންގ ޒޯނާއެކު ކުރިން އެ ސަރަހައްދުގައި ވަކި ހަމައެއްނެތި ޕާކު ކުރުމުގެ ސަބަބުން ދިމާވަމުންދިޔަ ދަތިތައް ހައްލުވެ އެ ސަރަހައްދުގެ ޓްރެފިކަށްވެސް ފަސޭހަ ތަކެއް ލިބިގެންދާނެއެވެ.

މާލޭގެ ޕާކިންގ މައްސަލައަށް ލުޔެއް ގެނައުމަށް ސިޓީ ކައުންސިލުން ދަނީ މާލޭގެ އިތުރު 11 ސަރަޙައްދެއްގައި ޕާކިންގ ޒޯން ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ މިހާތަނަށް މާލޭގެ 7 ސަރަޙައްދެއްގައި އަލަށް ޕާކިންގ އޭރިއާ ހަދައި ބޭނުންކުރަން ވަނީ ފަށާފައެވެ.