ޚަބަރު

އިސްލާމިކް މިނިސްޓަރ އަލިގަދަ ތަރީގެ ބައިވެރިންނާ ބައްދަލުކޮށްފި


ޓީވީއެމްއިން ގެނެސްދޭ އެންމެ އަލިގަދަ ތަރި މުބާރާތުގެ ބައިވެރިންނާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙުމަދު ޒިޔާދު ބާގިރު ބައްދަލުކުރައްވައިފިއެވެ.އިސްލާމިކް މިނިސްޓަރ ވަނީ މި މުބާރާތުގައި މިހާރު ވާދަކުރަމުންދާ ހަ ބައިވެރިންނާއި ބައްދަލުކުރައްވާ ތަރާވީހެއް ދެއްވާފައެވެ.އިސްލާމީ މަރުކަޒްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އަލިގަދަ ތަރި މުބާރާތަކީ ރާއްޖޭގެ ގިނަ ބަޔަކު އަދި ރާއްޖޭއިން ބޭރުގައި އުޅޭ ދިވެހިން އެންމެ ގިނައިން ބަލާ ޕްރޮގްރާމްކަން ފާހަގަކުރައްވާ މުބާރާތުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ޤުރުއާނުގެ މުހިންމު ކަން ހުރިހާ ދާއިރާއަކުން ފެންނަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވަނީ އަލިގަދަ ތަރި މުބާރާތް އިތުރަށް ރަނގަޅުކުރުމަށް ޚިޔާލު ދެއްވާފައެވެ. އަދި މުބާރާތުގައި މިހާރު ތިބި ހަ ކުދިންނަށް ހިތްވަރު ދެއްވާ މިނިސްޓަރ ވިދާޅުވީ، މުބާރާތުގައި ކިޔެވުމުގައި ނޫން ގޮތަކަށް، ވާދަވެރިކަން ނުބާއްވާ ހުރިހާ ބައިވެރިންވެސް ގުޅިގެން އުޅުމަށް އެދިވަޑައިގެންފައެވެ.މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީގެ ފަރާތުން ވަނީ ކޮންމެ ބައިވެރިޔަކަށް އަގުހުރި ހަދިޔާއެއް ދެއްވާފައެވެ.ކޮންމެ އަންގާރަ ދުވަހަކާއި ހުކުރު ދުވަހުގެ ރޭ ޓީވީއެމްއިން ގެނެސްދޭ އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ ފައިނަލްގައި ވާދަކުރާނީ ތިން ބައިވެރިންނެވެ. އަދި މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް ޓީވީއެމްއިން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މި މުބާރަތަށް އަމިއްލަ ފަރާތްތަކުންވެސް އިނާމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ ސަތާރަވާ ހުކުރު ދުވަހުގެ ރޭގައެވެ.