ސިއްހަތު

އައި.ޖީ.އެމް.އެޗުގެ ފްރަންޓް އޮފީސް މުވައްޒަފުން ތަމްރީނު ކުރަނީ


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ފްރަންޓް އޮފީސް މުވައްޒަފުންނަށް ޙާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިފަދަ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަޤްޞަދަކީ އައި.ޖީ.އެމް.އެޗްގެ ފްރަންޓް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކަސްޓަމަރ ސަރވިސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުންކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ. އެގޮތުން މި ތަމްރާން ޕްރޮގްރާމުގެ ތެރެއިން، އެކި ޚިދުމަތްތަކަށް އަންނަ ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވިގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހަފްތާއަކު 6 ދުވަހު ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމުގައި މަޢުލޫމާތުދެއް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ތަމްރީންކުރުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށްވާ މުޙައްމަދު ޖަމީލެވެ. މި ތަމްރީން ޕްރޮގްރާމަކީ އައި.ޖީ.އެމް.އެޗުގައި ދާއިމީގޮތެއްގައި ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއްކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.