ޚަބަރު

މައްޗަންގޮޅީ ގެއެއްގެ ޓެރަސް މަތީގައި މީހަކު މަރުވެފައިއޮއްވާ ފެނިއްޖެ


މައްޗަންގޮޅީ ޓޮމާޓޯގޭގެ ޓެރަސް މަތީގައި މީހަކު މަރުވެފައިއޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މައްޗަންގޮޅީ ގެއެއްގެ ޓަރަސްމަތީގައި ފިރިހެނަކު ވެއްޓިފައިއޮތްކަމުގެ މަޢުލޫމާތު މިއަދު 11:18 އެހާއިރު ލިބިގެން ފުލުހުން އެތަނަށް ދިޔައިރު ވެއްޓިފައި އޮތް މީހާގެ އަނގައިން ފޮނުއަރާފައިއޮތްކަމަށެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ތިރިއަށް ބާލައި، ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތްކުރަމުންދާކަމަށާއި، އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަޙްޤީގުކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މއ. ޓޮމާޓޯގެއަށް ފުލުހުން ދިޔައިރުވެސް އެމީހާގެ ވިންދެއް ނެތެވެ. އޭނާ މަރުވެފައިވަނީ އޯވަރޑޯޒް ވެގެން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ފުލުހުން މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.