ޚަބަރު

ކުޅުދުއްފުށީ، ޒިގްޒެގް ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް އަޅަން ފަށައިފި


ކުޅުދުއްފުށީ، ޒިގްޒެގް ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ޓާފް އަޅައިގެން ތަރައްޤީކުރާ މި ދަނޑުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ވޭތުވެދިޔަ ހަފްތާގައެވެ.

އާރްކޭއެލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 1.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ޓާފް އެޅުމުގެ ކުރިން ކުރަން ޖެހޭ ސަބް ބޭސް އެޅުމުގެ މި މަސައްކަތް ހަވާލުކޮއްފައި ވަނީ 30 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމަށް މިދިޔަ ސަރުކާރުން ވަނީ އެ ދަނޑުގެ އަޑީގައި ޕްލާސްޓިކް ޓޭންކްތަކެއްވެސް ހަދާފައެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ އިތުރު 3 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް ވަނީ ޙަވާލުކޮށްފަ އެވެ. އަދި ބައެއް ރަށްތަކުގައި ވަނީ އެމަސައްކަތް މިހާރު ފަށާފަ އެވެ.