ޚަބަރު

ޗުއްޓީއާ ދިމާކޮަށް ސައުތު އެފްރިކަން އެއާލައިންސްގެ ދަތުރުތައް ސީދާ ގަމަށް


ސައުތު އެފްރިކަން އެއާލައިންސްގެ ތިންވަނަ ފޭސްގެ ދަތުރުތަށް ގަމަށް ފަށައިފިއެވެ.

ގަން އިންޓަނޭޝަނަނަލް އެއާޕޯޓަށް ސައުތު އެފްރިކަން އެއާރލަައިންސް އިން ދަތުރުތަށް އަލުން ފަށާފައި މިވަނީ މިއަހަރުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށެވެ. އެގޮތުން މިފަހަރުގެ ދަތުރު ތަކުގައި ޖެނުއަރީ މަހާއި ހިސާބަށް ޖުމްލަ 6 ދަތުރު ބާއްވަން ވަނީ ހަމަ ޖެހިފައެވެ. އެއީ ކޮންމެ ހަފްތާގެ އާދީއްތަ ދުވަހު 1 ދަތުރެވެ.

މިކަމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް އަށް މަޢުލޫމާތު ދެއްވަމުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމާއި ޙަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ރިމްނާ ޙަސަން ވިދާޅުވީ، މިފަހަރުގެ ޗުއްޓީ އާއި ދިމާކޮށްވެސް ފަތުރުވެރިން އަންނަ މިންވަރު ބޮޑުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން މިހާރު އައްޑޫގައި 3 ރިސޯޓު އޮތްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ފަތުރުވެރިން އަންނަ ނިސްބަތަށް ބަލައި ފްލައިޓު އިތުރުވުމުގެ ފުރުޞަތު ވެސް އެބަ އޮތް ކަމަށެވެ. ރިމްނާ ވިދާޅުވީ މިހާރު އެ އެއާލައިން ކުރަމުން ދަނީ ސީޒަނާ ދިމާކޮށް ކުރާ ދަތުރުތައް ކަމަށެވެ.

މިއީ ރަސްމީކޮށް ސައުތު އެފްރިކަން އެއާލައިންސް އިން އައްޑުއަށް ޗާޓާރ ފްލައިޓުތަށް ފެށި ތިންވަނަ ބުރެވެ. މީގެ ކުރީން މިދިޔަ އަހަރު ޗުއްޓީގައި ގަމަށް ދަތުރު ފަށައި މިއަހަރު ސެޕްޓެމްބަރު ހިސާބުގައިވެސް މިފަދަ ދަތުރު ތަކެއް ބާއްވާފައި ވެއެވެ.

ސައުތު އެފްރިކަން އެއާލައިންސްގެ ސީޒަނަލް ދަތުރުތަކުގެ އިތުރުން ސްރީލަންކަން އެއާލައިންސް ވެސް ގަމަށް ދަތުރުތަށް ކުރެއެވެ. އެގޮތުން ސްރީލަންކަން އެއާލައިންސް ހަފްތާއަކު 3 ދުވަހު ޝެޑިއުލް ފްލައިޓުތަށް ބާއްވައެވެ.

ސައުތު އެފްރިކަން އެއާލައިންސްގެ ސީޒަނަލް ދަތުރުތަކުގެ އިތުރުން ސްރީލަންކަން އެއާލައިންސް ވެސް ގަމަށް ދަތުރުތައް ކުރެއެވެ. އެގޮތުން ސްރީލަންކަން އެއާލައިންސްއިން ހަފްތާއަކު 3 ދުވަހު ޝެޑިއުލް ދަތުރުތައް ބާއްވައެވެ.