ވިޔަފާރި

ފައިދާނުވާތީ މަކުނުދޫ ދާއިރާގެ ސްޕީޑް ފެރީގެ ޚިދުމަތް ހުއްޓާލައިފި


އެމްޓީސީސީން ހދ އަތޮޅުގެ ބައެއް ރަށްރަށަށް ދެމުންދިޔަ ސްޕީޑް ފެރީގެ ޚިދުމަތް ހުއްޓާލައިފިއެވެ.

އެމްޓީސީސީން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވަނީ ހދ އަތޮޅު މަކުނުދު އާއި ވައިކަރަދޫ އާއި ކުމުންދޫގެ އިތުރުން ކުޅުދުއްފުށްޓަށް ދެމުންދިޔަ ސްޕީޑް ފެރީގެ ޚިދުމަތެވެ.

އެމްޓީސީސީން ކުޅުދުއްފުށީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ހިދުމަތް އެކުންފުނިން ފެށީ، އެ އަތޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި އެކަމަކު ވިޔަފާރީގެ އުސޫލުން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދިޔުމަށް ދެކޮޅު ނުޖެހޭކަމަށެވެ. އެހެންކަމުން އެކަމުގައި އިތުރު ގޮތެއް ހަމަޖެހެންދެން، މިހާރު ދެމުންދާ ހިދުމަތް ހުއްޓާލާފައިވާކަމަށް ކައުންސިލަށް ފޮނުވި ސިޓީގައި އެމްޓީސީސީން ބުނެފައިވެއެވެ.

މީގެ ހަތަރު މަހެއްހާ ދުވަސްކުރިން ހދ އަތޮޅުގެ ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހދ. މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.