ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: އަންހެނުންގެ ޤައުމީ ފުޓްބޯޅަ ޓީމު ލޯމެޑެލް ހޯދައިފި


ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓްގައި ލަންކާ ބަލިކޮށް ރާއްޖޭން ލޯމެޑެލް ހޯދައިފިއެވެ.

ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓުބޯޅަ އިވެންޓްގައި ރާއްޖޭގެ ޤައުމީ ޓީމު މުބާރާތުގެ ތިންވަނަ ހޮވި މެޗްގައި ވާދަކޮށްފައިވަނީ އަވައްޓެރި ސްރީލަންކާއާ ދެކޮޅަށެވެ. މިމެޗްގައި ރާއްޖޭގެ އަންހެނުންގެ ޓީމުން މޮޅުކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ

ލަންކާގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 2-1 ލަޑުންނެވެ. މެޗްގެ ބޮޑުބައި ކޮންޓްރޯލްކޮށް ކުޅެފައިވަނީ ދިވެހި ޓީމުންނެވެ. މިމެޗްގައި ރާއްޖޭގެ ޓީމުން ޖެހި 2 ގޯލް ކާމިޔާބްކޮށްދިނީ އައިޝަތު ފިރުޝާ އާއި އައިމިނަތު ޝާމިލާ.

މިމެޗު ރާއްޖެ ކާމިޔާބްކުރުމާއިއެކު ރާއްޖޭގެ އަންހެނުންގެ ޤައުމީ ޓީމަށް ވަނީ ލޯމެޑެލް ލިބިފައެވެ. މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާގޮތުން އަންހެން ފުޓުބޯޅަ ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުންނެވެ.