ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ބީޗް ވޮލީ އަންހެނުގެ ބައިން ދިވެހި ޓީމުތައް މިއަދު ވެސް ބަލި!


ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ބީޗްވޮލީގައި ރާއްޖޭގެ 2 ޕެއަރ ވެސް މިއަދު ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީ ބޯޅަ މުބާރާތުގައި އަންހެނުންގެ ބައިގައި ޒީނިޔާ މޫސާ އާއި އާމިނަތު ނުދިނާގެ ޕެއަރ ބަލިވެފައި ވަނީ ނޭޕާލްގެ ކޮޕިލާ އުރްޕްރީދާއި މަނީޝާ ޗައުދަރީގެ ޕެއަރ އާއި ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މެޗުގެ 2 ސެޓް ވެސް ނޭޕާލްގެ ޕެއަރއިން ގެންދިޔައީ ވަރަށް 12-21އިން ނެވެ. މިއީ އަންހެން ޕެއަރ ކުޅުނު ފުރަތަމަ މެޗެވެ.

ރާއްޖޭގެ ދެވަނަ ޕެއަރ އާމިނަތު ރާޝިދާ އާއި ޝަފްނާ އިބްރާހީމް، ބަލިވީ ނޭޕާލްގެ ބިއިންތާ ބުއްދަޓޮކީ އާއި ނިބިކާ ޗައުދަރީއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މިމެޗު ނޭޕާލްގެ ޕެއަރއިން ގެންދިޔައީ ވަރަށް ފަސޭހަކަމާއެކުއެވެ. ދެ ސެޓްގައިވެސް ރާއްޖޭގެ އާމިނަތު ރާޝިދާ އާއި ޝަފްނާ އިބްރާހީމަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މިސެޓް ނޭޕާލްގެ ޕެއަރއިން ގެންދިޔައީ 5-21 އަދި 6-21 އިންނެވެ. ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އަންހެންބައިގައި ރާއްޖޭގެ ޓީމު އަދި އިތުރު ދެ މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.