ޚަބަރު

ސައުތު އޭޝިއަން ގޭމްސް: ފިރިހެނުންގެ ހޭންޑް ބޯޅަ ޓީމަށް މުބާރާތް ނިމިއްޖެ


އިންޑިއާ އަތުން ބަލިވެ ފިރިހެނުންގެ ޤައުމީ ހޭންޑް ބޯޅަ ޓީމަށް ސައުތު އޭޝިއަން ގޭމްސް ނިމިއްޖެއެވެ.

މިހާރު ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި މިއަދު ގައުމީ ހޭންޑް ބޯލް ޓީމްވަނީ އިންޑިޔާ އާއި ވާދަކޮށް ބަލިވެފައެވެ. މިއީ ގައުމީ ފިރިހެން ޓީމް ބައިނަލަގްވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މިސަރަހައްދުގެ ވަރުގަދަ ބާރު އިންޑިޔާ އާއި ވާދަކޮށް ދިވެހި ރާއްޖޭގެ ގައުމީ ފިރިހެން ހޭންޑް ބޯލް ޓީމް ބަލިވެފައި ވަނީ 47 ޕޮއިންޓް 15 ޕޮއިންޓްއިންނެވެ.

އިންޑިޔާއިން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ރާއްޖޭގެ ގައުމީ ފިރިހެން ހޭންޑްބޯލް ޓީމަށް ގޯލް ޖެހުމަށް މާގިނަ ފުރުސަތެއް ލިބިފައެއް ނުވެއެވެ. އިންޑިޔާއި ދިޔައީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ރާއްޖެއަށް ގޯލް ޖެހުމަށް މާގިނަ ފުރުސަތެއް ލިބިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ސެޓްދިޔައީ ވަރަށް ތަފާތު ބޮޑުކޮށެވެ. އެއީ 19 ޕޮއިންޓް 9 ޕޮއިންޓްއިންނެވެ.

މެޗުގެ ދެވަނަ ސެޓްގައިވެސް އިންޑިޔާއިން ދިޔައީ ވަރަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ސައުތް އޭޝިއަން ގޭމްގައި ބައިވެރިވި ހޭންޑްބޯލް ފިރިހެން ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމަކީވެސް އިންޑިޔާ ޓީމުކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ދެވަނަ ހާފުގައިވެސް އިންޑިޔާ ޓީމުން ދިޔައީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗްގެ ދެވަނަ ސެޓްވެސް އިނޑިޔާއިން ގެންދިޔައީ ތަފާތު ބޮޑުކޮށެވެ. އެއީ 47 ޕޮއިންޓް 15 ޕޮއިންޓުންނެވެ. ސައުތު އޭޝިއަން ގޭމްސްގައި ގައުމީ ހޭންޑް ބޯލް ޓީމް ކުޅުނު ފުރަތަމަ މެޗުންވެސް އެެޓީމު ވަނީ ބަލިވެފައެވެ. ބަންގްލަދޭޝް ބައްދަލުކުރި އެމެޗުގައި 16 ގޯލްގެ ތަފާތުން މެޗު ކާމިޔާބުކުރީ ބަނގުލަދޭޝްއެވެ. އެއީ 38 ގޯލް 22 ގޯލްއިންނެވެ.