ވިޔަފާރި

7 މަސްދުވަހުގެ މަރާމާތަކަށްފަހު ކޮމޯ ކޮކޯ އައިލެންޑް ރިސޯޓް ހުޅުވަނީ


7 މަސްދުވަހުގެ މަރާމާތަކަށްފަހު ކޮމޯ ކޮކޯ އައިލެންޑް ރިސޯޓް އަންނަމަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ކޮމޯ ކޮކޯ އައިލެންޑް ރިސޯޓަކީ ކޮމޯ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގާ ޕްރައިވެޓް އައިލެންޑް ރިސޯޓެކެވެ. މަކުނުފުށީގައި ތަރައްޤީކޮށްފައިވާ މި ރިސޯޓް މަރާމާތަށް ބަންދުކޮށްފައިވަނީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ. އަދި ރިސޯޓް އަލުން ހުޅުވާނީ އަންނަ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުކަމަށް އެ ރިސޯޓުން ބުނެއެވެ.

ރިސޯޓުގެ މަރާމާތުގެ މަސައްކަތްތައް ނިމި އަލުން ރިސޯޓް ހުޅުވާއިރު ވިލާތަކާއި، ރެސްޓޯރަންޓްގެ އިތުރުން ވެލްނެސް ސެންޓަރުވެސް ވަނީ މަރާމާތުކޮށްފައެވެ.

ރިސޯޓު މަރާމާތަށް ބަންދުކުރި ދުވަސްތަކުގައި ފަތުރުވެރިންނަށް އެ ރިސޯޓުން ޙިދުމަތް ދީފައެއް ނުވެއެވެ. ނަމަވެސް ކޮމޯ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގާ ކޮމޯ މާލިފުށި ރިސޯޓުން ފަތުރުވެރިންނަށް ޙިދުމަތްދޭނެކަމަށް އެ ކުންފުނިން މީގެކުރިން ވަނީ ބުނެފައެވެ.

ކޮމޯ ކޮކޯ އައިލެންޑް ރިސޯޓް ހުޅުވާފައިވަނީ 2002 ވަނަ އަހަރުގެ ތެރޭގައެވެ.