ޚަބަރު

ރާއްޖޭގެ އެންމެ ކުޑަ ޙާފިޒް އަށް، ހަދިޔާއަކަށް އުމްރާ ދަަތުރެއް


އުމުރުން 6 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިންއަށް ގިބްލަ ޙައްޖު އެންޑް އުމްރާ ގުރޫޕުން ހަދިޔާއަކަށް އުމްރާ ދަތުރެއް ދީފިއެވެ.

މާލޭ މާބުލްހޮޓެލްގައި ބޭއްވި ޙަފްލާއެއްގައި ޔޫސުފްއަށް ވަނީ ޑިސެމްބަރ 2020 ގައި އެގުރޫޕުގެ އުމްރާ ކިޓް ހަވާލުކޮށްފައެވެ. އެގުރޫޕްގެ ފަރާތުން މިދަތުރު ޙަވާލުކޮށްދެއްވީ އެގުރޫޕުގެ މެނޭޒިން ޑިރެކްޓަރ ޔާމިން އިދުރީސް އެވެ.

މިބައްދަލުވުމުގައި އެގުރޫޕުން ޔޫސުފް އާއި ޔޫސުފްގެ އާއިލާއާއި ބައްދަލުކޮށް ވަނީ ހިތްވަރު ދެއްވައި ތަހުނިޔާ ކިޔާފައެވެ.

ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފެށީ ބޭބީ ނާސަރީގަ އެވެ. އެ ގުރޭޑްގައި އެއް ފޮތް ހިތުދަސްކުރިއިރު ނާސަރީގައި ދެ ފޮތް ދަސްކުރި އެވެ. އެލްކޭޖީގައި ފަސް ފޮތް، އޭގެ ފަހުން މިއަހަރު ޔޫކޭޖީގައި 22 ފޮތް ހިތުދަަސްކުރި އެވެ.

ގުރުއާން ކިޔެވުމުގެ ޝައުގު ޔޫސުފުގެ ހިތުގައި އުފެދުނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ޔޫސުފްގެ މަންމައަކީ ޓީވީއެމުން ބޭއްވި އެންމެ އަލި ގަދަ ތަރި ޕްރޮގްރާމުން މަޝްހޫރުކަން ހޯދި އުއްމުހާނީ އިބްރާހިމް އެވެ.

ޔޫސުފް އަކީ ދިވެހިރާއްޖޭގައި މިހާ ޅައުމުރެއްގައި ކީރިތި ގުރުއާން ހިތުދަސްކުރި ފުރަތަމަ ކުޑަކުއްޖާއެވެ.