ތިމާވެށި

އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރުމާ ގުޅޭ އެއްބަސްވުމެއް


އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ދުއިސައްތަ ޓަނުގެ ކުނި އުފުލޭ ކޮޅުވެއްޓި އެއް ބަނުމަށް އިންޑިޔާގެ ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ. މި ކޮޅުވެއްޓި ބަނދެ ފަސް މަސްދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރުރެވުނީ އިންޑިޔާގެ ކުންފުޏެއް ކަމަށްވާ ވިޖައި މެެރިން ސާރވިސް އާއިއެވެ.ހައްލައްކަ ސާޅީސް ފަސްހާސް ޑޮލަރުގެ މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމްއެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޯޕްރިއޭޓަރ މރ ޖައިރަމް އައި ޑިލާނީއެވެ.އުތުރުގެ 44 ރަށެއްގައި އުފެދޭ ކުންޏާއި ، ރިސޯޓްތަކުން އުފެދޭ ކުނި  ސަރަޙައްދީ ކުނި މެނޭޖް ކުރާ ސެންޓަރަށް ގެނައުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މި ކޮޅުވެއްޓީގައެވެ.މި ރަސްމިއްޔަތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އިތުރު، އެހެން ކޮޅުވެއްޓިއެއްވެސް މިހާރު ބަންނަމުންދާ ކަމަށާއި މިއަންނަ މަހު އެ ކޮޅުވެއްޓި ބަނދެ ނިމޭނެކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި މާޅޮހުގައި ކުނި މެނޭޖްކުރާ އައިލޭންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރު އިތުރަށް ތަރައްޤީ ކުރުމަށް ތަޝީޝާ ޕްރައިވެޓްލިމިޓެޑް ކިޔާ ކުންފުންޏަކާއި ވަނީ ޙަވާލުކޮށްފައެވެ. މި މަސައްކަތުގެ އަގަކީ ފަސްލައްކަ ނުވަދިހަ އެއްހާސް އެއްސަތޭކަ ތިރީސް ނުވަ ރުފިޔާއެވެ.މާޅޮހަކީ މިހާރުވެސް އައިލޭންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުން އެކަށީގެންވާގޮތުގައި ކުނި ނައްތާލާ ފަނަވާ ކުނިން ގަސްކާނާ ތައްޔާރުކުރަމުންދާ ރަށެކެވެ.