ސިޔާސީ

އިސްލާމިކް ޔުނިވަރސިޓީ ޤާއިމްކުރުން އަވަސްކުރުމަށް ފާސްކޮށްފި


އިސްލާމިކް ޔުނިވަރސިޓީ ޤާއިމްކުރުން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.އިސްލާމިކް ޔުނިވަރސިޓީ ޤާއިމްކުރުން އަވަސްކުރުމަށް ތުލުސްދޫ ދާއިރާާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށައަޅުއްވާފައިވާ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 44 މެމްބަރުންގެ ވޯޓުންނެވެ.މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނުގައި ބުނެފައިވަނީ، އެޤާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގް ކުރެއްވި ތާރީޚުުން ފެށިގެން ތިން މަސް ދުވަސް ފަހުންކަމަށެވެ. އެއީ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހެވެ. ނަމަވެސް ޔުނިވަރސިޓީ ގާއިމްކުރުން އަވަސްކުރުމަށް ތުލުސްދޫ ދާއިރާާގެ މެމްބަރު މުހައްމަދު ވަހީދު ހުށައަޅުއްވާ މިއަދު މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ، މިއިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގް ކުރައްވާ ދުވަހުންފެށިގެން އެގާނޫނަށް އަމަލުކުރަން ފަށަަންވާނެކަމަށެވެ.އިސްލާމިކް ޔުނިވަސިޓީ ގާއިމް ކުރުމުގެ ގާނޫނުގައި ވާގޮތުން އެގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާ "ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ" އަށް ބަދަލުވާނެއެވެ.