ޚަބަރު

ބޯކޮށް ވާރޭވެހި ގޮއިދޫގައި ފެންބޮޑުވެ 6 ގެޔަކަށް ގެއްލުންވެއްޖެ



ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ށ. ގޮއިދޫއަށް ބޯކޮށް ވާރޭވެހި އެރަށުގައި ފެންބޮޑުވެއްޖެ އެވެ. ރޭ ދަންވަރު ކުރި ވިއްސާރާގައި އެރަށުގެ 6 ގެޔަކަށް ފެންވަދެ ގެއްލުން ލިބިފައިވެ އެވެ.
.
. ގޮއިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދު ވިދާޅުވީ، ފެންބޮޑުވުމުގެ މި ހާދިސާގައި 6 ގެޔަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި އެ ގޭގައިމީހުންނަށް ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ފެންބޮޑުވި ސަރަހައްދަކީ އާންމުކޮށް ފެންބޮޑުވާ ސަރަހައްދެއް ކަމަށާ ނަމަވެސް ފަހުގެ ތާރީހެއްގައި މިހާ ވަރަށް ފެންބޮޑުވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

އޭނާ ވިދާޅުވީ، ފެންބޮޑުވުމުން ރޭފަތިހުން ފެށިގެން ރައްޔިތުންނާއި ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަދު ހެނދުނު ސިފައިން އެރަށަށް ގޮސް ފެންހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ފެންބޮޑުވި ޙާދިސާގައި ގެތަކަށް ލިބުނު ގެއްލުން ބަލައި އެ މަޢުލޫމާތުތައް ޑިޒާސްޓަރ މެނޭޖްމަންޓަށް ހުށައަޅަން ތައްޔާރު ވަމުންދާކަމަށެވެ. މިޙާދިސާގައި ފެނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ 6 ގޭބިސީ ގެ ހިފާ ގެންގުޅޭ ބައެއް ސާމާނާއި އަލަމާރި، ކަބަޑު، އެނދު ފަދަތަކެއްޗަށް ގެއްލުން ލިބިފައިކަމަށް ކައުންސިލުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ޙާދިސާތައް އަންނަނީ ހިނގަމުންނެވެ.