ސިޔާސީ

ސީމެގް އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ކޮމަންވެލްތުން ނިންމައިފި


ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް – ސީމެގް އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ކޮމަންވެލްތުން ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.ފޮރިން މިނިސްޓްރީން ބުނީ ކޮމަންވެލްތްގައި ހިމެނޭ ބައެއް ޤައުމުތަކުން ބޭއިންސާފުން ރާއްޖެ ސީމެގް ގެ އެޖެއްޑާގައި ހިމެނުމަށް މަސައްކަތް ކޮށްފައި ވާކަމަށާއި، އެހެންނަމަވެސް މިހާރު ސީމެގް އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމާފައިވާކަމަށެވެ.ކެނެޑާ ފަދަ ޤައުމުތަކުން ކޮމަންވެލްތަގައި އެޤައުމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށް ރާއްޖެ ސީމެގް އެޖެންޑާގައި ހިމެނުމަށް މަސައްކަތް ކުރަމުންދާކަން ފޮރިން މިނިސްޓްރީން ކުރިން ވަނީ ހާމަކޮށްފައެވެ. އަދި ކޮމަންވެލްތްގެ ސެކެއްޓަރީ ޖެނެރަލާ ފޮރިން މިނިސްޓަރ ދުންޔާ ފޯނުން ގުޅުއްވާ ރާއްޖޭގެ ހާލަތު ވަރައް ރަނގަޅަށް ސާފުކޮށްދެއްވާފައިވާކަމަށާ، ކޮމަންވެލްތްގެ އުސޫލުތަކާ ޚިލާފަށް ރާއްޖޭގައި އެއްވެސް ކަމެއް ހިނގާފައި ނުވާކަން ސެކެއްޓަރީ ޖެނެރަލަށް މިނިސްޓަރ ސާފުކޮށްދެއްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަށް ކޮމަންވެލްތްގެ ސެކެއްޓަރީ ޖެނެރަލަށާއި، ރާއްޖޭގެ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ޤައުމުތަކަށް ދަންނަވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.