ޚަބަރު

ނޮޅިވަރަމް ސްކޫލުގައި އިތުރު 6 ކުލާސް ރޫމު ޢިމާރާތް ކުރަން ހަވާލުކޮށްފި


ހދ ނޮޅިވަރަމް ސްކޫލަށް އަލަށް އިތުރުކުރެވޭ 6 ކުލާސް ރޫމްގެ މަސައްކަތް ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޑެޓާ ޙަވާލުކޮށްފި އެވެ.

ނޮޅިވަރަމް ސްކޫލްގެ 6 ކުލާސް ރޫމް އިމާރަތް ކުރުމުގެ އިތުރަށް ގއ ގެމަނަފުށީ ސްކޫލުގައި 10 ކުލާސް އެޅުމަށްވެސް ހަވާލުކުރީ ސްފިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ އެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. ސްފިފްޓް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސަޢުދުﷲ ޙިލްމީ އެވެ.

1 އަހަރުގެ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރި މި ދެ މަޝްރޫއަށް މުޅިއެކު 17 މިލިއަން ރުފިޔާ ޚަރަދުވެ އެވެ. މިއީ ފީއެސްއައިޕީ ޕރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ދެ
މަޝްރޫޢެވެ.