ސިޔާސީ

ސަފީރުކަމަށް އައްޔަންކުރުމަށް ފަހުމީއަށް ރުހުންދީފި


މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ގ.ކޮއްކިރި މުހައްމަދު ފަހުމީ ހަސަން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.ފަހުމީއަށް ރުހުންދޭން ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި41 މެމްބަރުންގެ ވޯޓުންނެވެ.ފަހުމީ މިހާރު ހުންނެވީ، ރާއްޖެ އިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ކަމުގެ މަގާމުގައެވެ. ފަހުމީ އަކީ ކުރީގެ ސިވިލް ސާރވިސް ކޮމިޝަންގެ ރައީސެވެ.މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވެފައިވަނީ، ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ފަޔާޒް މިދިޔަ މަހުގެ ހަތާވީސް ވަނަ ދުވަހު އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.