ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ބައިނަލްއަޤްވާމީ ފުރަތަމަ މެޗުން އަންހެނުންގެ ކްރިކެޓް ޓީމު ބަލިވެއްޖެ


ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ އަންހެނުންގެ ކްރިކެޓް އިވެންޓްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ޤައުމު ނޭޕާލް އަތުން ބަލިވެއްޖެއެވެ.

މި މެޗަކީ ރާއްޖޭގެ ޤައުމީ އަންހެން ކްރިކެޓް ޓީމުގެ ހަޔާތުގައި ކުޅުނު ބައިނަލްއަޤްވާމީ ފުރަތަމަ މެޗެއެވެ.

ނޭޕާލްގެ ޕޮކަހަރާ ސިޓީގައި ކުޅުނު މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން ރާއްޖޭން ނިންމީ ކުޅެން އަރާށެއެވެ. އެގޮތުން ރާއްޖެ ޓީމު ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 16 ލަނޑެއެވެ. މި މެޗުގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އައިޝަތު ހަމްޒާއާއި ހަފްސާ ޢަބްދުﷲއެވެ. އެގޮތުން މި މެޗުގައި އައިޝަތު ހަމްޒާ 10 ލަނޑު ހެދިއިރު، ހަފްސާ ވަނީ 4 ލަނޑު ހަދާފައެވެ.

ޖަވާބުގައި ނޭޕާލުން ކުޅެން އަރައި ފަސޭހަކަމާއެކު ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެގޮތުން އެންމެ އޯވަރެއްގެ ތެރޭގައި ނޭޕާލުން ވަނީ 17 ލަނޑު ހަދާފައެވެ. ނޭޕާލުން މި 17 ލަނޑު ހަދާފައިވަނީ ފުރަތަމަ އެރި ދެ ކުޅުންތެރިން ކަމަށްވާ ކާޖޮލް ސްރެޝްތާ އާއި ސިޔާ ރަނާ މަގަރް އެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެނުންގެ ޤައުމީ ކްރިކެޓް ޓީމު ކުޅޭ ދެވަނަ މެޗަށް ނުކުންނާނީ ވަރުގަދަ ބަނގްލަދޭޝާ ދެކޮޅަށެއެވެ.