 
					
									 
					
									 
					
									
			ރާއްޖެއާއި ޗައިނާގެ ޔުނާން ޕޮރޮވިންސުގެ ސަރުކާރާދެމެދު އެކި ދާއިރާތަކުން އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 
ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލެޓްރަލް ޑރ. އަލީނަސީރެވެ. ޔުނާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޕްރޮވިންސްގެ ފޮރިން އެފެއާޒް އޮފީހުގެ ޑިރެކްޓަރ ޖެނަރަލް ފޫ ހޮންގއެވެ. 
ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ރުއާން ޝެންގްފާއާ، ރާއްޖޭގެ އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދުގެ ކުރިފުޅުމަތީގައި ސޮއިކުރެވުނު ކަރުދާހަކީ، ކުރިއަށް އޮތްތަނުގައި ދެފަރާތުގެ ދެމެދު ދޭދޭ، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމުގެ އެއްބަސްވުމެކެވެ. 
މިރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލްޤަފޫރު މުޙައްމަދާއި، ފޮރިން މިނިސްޓްރީގެ އިސްބައެއް ފަރާތްތައްބައިވެރިވިއެވެ.