ޚަބަރު

އުތުރުގެ 2 ރަށެއްގައި އިމާރަތް ކުރާ 2 އިންޖީނުގޭގެ ބިންގާ އަޅައިފި


ހއ. އުލިގަމާއި ހދ ފިނޭގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

މިދެރަށުގައި ބޭއްވި ދެރަސްމިއްޔާތެއްގައި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދެވެ.

އުލިގައުމުގައި އަލަށް އިމާތް ކުރާ މި އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރެޝަނުން ޙަވާލު ކޮށްފައިވަނީ 2 އެލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވަނީ 5.599454.10 ރުފިޔާއަށެވެ. އަދި މަސައްކަތް ހަވާލު ކޮށްފައިވަނީ 170 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ހދ ފިނޭ އިންޖީނުގޭގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަންއާއެވެ. 5249479.62 ރުފިޔާގެ މި ޕްރޮޖެކްޓް ގައި އެލް.އެފް ކޮންސްޓްރަކްޝަން އާއި އެކު ސޮއިކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި މަސައްކަތްވެސް ނިންމަންޖެހޭ ތާރީހަކީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހަށްށެވެ.

އުލިގަމިގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދުވިދާޅުވީ މި ބިންގާ އެޅުނު އިންޖީނުގެ ރައްޔިތުން ދިރިއުޅޭ ހިސާބާއި ދުރުގައި އިމާރާތް ކުރެވިފައި ހުރި ނަމަވެސް ބިލްދައްކަން ފަސޭހަ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށެވެ. އަދި ގޭތެރޭ ތިބެގެން ކަރަންޓް ބިލް ދެއްކުމުގެ ނިޒާމް މިމަސްތެރޭ ހަމަޖައްސަވާނެކަމަށް އޭނާވިދާޅުވިއެވެ.

އަދި އަންނަ ޖެނުއަރީ މަހު ލިބޭ ކަރަންޓް ބިލަކީ، ގޭ ދޮރުމަތީ ހުރެގެން ޕްރިންޓް ކުރެވިގެން ނުކުންނަ ކުޑަކުޑަ ބިލަކަށް ވެގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ފެނަކައިން މިއަހަރުތެރޭގައި މުޅީން އަލަށް 30 އިންޖީނުގެ އެޅުމަށް އަމާޒު ހިފައިފައިވާއިރު މިއަހަރު މިހާތަނަށް ފެނަކައިން ވަނީ ގިނަ ރަށްރަށެއްގައި އިންޖީނުގެ އެޅުމަށް ނިންމައި އެތަންތަނުގެ ބިންގާ އަޅައިފައެވެ.