ޚަބަރު

ފަނޑިޔާރު، ޢަބްދުއްރައޫފު ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފި


ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހައިކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު، އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހިމް ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ޢަބްދުއްރައޫފު އިބްރާހިމް ޖޭއެސްސީގެ މެންބަރުކަމުން އިސްތިއްފާ ދެއްވާފައި މިވަނީ، އޭނާގެ ނަންފުޅު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވުމާއި ގުޅިގެންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުޙައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުން މަޖިލީހުން ފާސްކުރުމާއި، ގުޅިގެން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަޙްމަދު މުޢުތަޞިމް އަދްނާން އައްޔަނުކޮށް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްޞުއޫދާޢި ޢަބްދުއްރައޫފް އިބްރާހީމް އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ.