ޚަބަރު

ދިވެހި ބޭހުގެ ކޭމްޕް އެއް ށ މިލަންދޫގައި ފަށައިފި


ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިންގެ (ސީޓީއެމް) އިން ދިވެހި ބޭހާބެހޭ ކޭމްޕެއް ފަށައިގެން ކުރިއަށް އެބަދެއެވެ. ށ މިލަންދޫގައި މިކޭމްޕް ފަށާފައިވަނީ މިމަހުގެ 26 ގައެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިގެޔަލަށް މިލަންދޫ ވިލާސް ގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ބަލި މީހުން ބެލުމާއި ދިވެހި ބޭސް ފަރުވާ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސީޓީއެމް ގެ ފަރާތުން ޕީ އެސް އެމްނިއުސް އަށް މަޢުލޫމާތު ދެއްވަމުން ސީނިއަރ ޓްރެޑިޝަނަލް ފްރެކްޓިޝަނަރ މުހައްމަދު އަޙްމަދު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް 60 ބަލިމީހުންނަށް ފަރުވާ ދެއްވާނެ ކަމަށާއި ބަލިމީހުން ބައްލަވަމުން ގެންދަވާނީ އެޕޮއިންޓްމެންޓް ތަރުތީބުން ކަމަށެވެ. އެހެންމަވެސް އެޕޮއިންޓްމެންޓް ނެތި ކޭމްޕް ކުރިއަށްދާ ވަގުތުގައި ވެސް ޑޮކްޓަރަށް ދެއްކައިދިނުމުގެ އިންތިޒާމްހަމަޖައްސާފައިވާނެ ކަމަށް އެނާ ވިދާޅުވިއެވެ.

މިކޭމްޕަގައި ހިމެނޭ ޓީމުގައި ޑރ ންވެސް ހިމެނި ވަޑައިގަންނަވެއެވެ. މިކެމްޕް ގައި އަންހެނުންނާއި ފިރިހެނުންނަށް ޚާއްޞަ ޚިދުމަތްތައް ހިމެނެއެވެ. އަދި ކަށީގެ ބަލިތަކަށާއި ވައިގެ ބަލިތަކަށް އަދި މިނޫންވެސް ތަފާތު 20 ފަރުވާއެއް ދެއްވާނެ ކަމަށް ކޭމްޕް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއްވައެވެ.