ޚަބަރު

ވިލިމާލޭ ފަޅުގައި އޮތް ތެޔޮބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ވިލިމާލޭ ފަޅުގައި އޮތް ތެޔޮބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިރޭ ދިހަގަޑި ތިރީސް އެހައިކަންހާއިރު،ހިނގި މިހާދިސާގައި ފަޅުގައި އޮތް އިތުރުދޯންޏެއްގައިވެސް އަލިފާން ހިފާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މިހާދިސާގައި 6 މީހަކު ފިހިގެން ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، އަލިފާން ނިއވުމުގައި ހަރަކާތްތެރިވި ސިފައިންގެ އޮފިޝަލެއްގެ ބޯފަޅައިގެންދިއުމާއި ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއްވިއެވެ. އަދި ބޯޓުގެ އެކަކު ގެއްލިގެން ހޯދިނަމަވެސް އެމީހާވެސް ފަހުން ފެނިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވިއެވެ.

މާގިނައިރުތަކެއް ނުވެ އަލީފާންގަނޑުވަނީ ނިއްވާލާފައި. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.